މިއަހަރުގެ ޖޫން 14 ގައި ފެށުމަށް ހަމަ ޖެހިފައިވާ ޔޫރޯ މުބާރާތަށް މިހާރު ހުރިހާ ޓީމުތަކަކުންވެސް އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. 'ވަގުތު ޔޫރޯ ފޯރި' އިން މިއަދު ބަލާލާނީ ޖަރުމަނުގައި އޮތް ޔޫރޯ މުބާރާތުގައި ޖަރުމަނާއި އެއް ގުރޫޕެއްގައި ވާދަ ކުރާ ސްވިޒަލޭންޑުގެ ޓީމަށެވެ. މި ފަހަރުގެ މުބާރާތާއި ސްވިޒަލޭންޑު ޓީމުން ކުރިމަތި ލާއިރު މިއީ އެ ގައުމުގެ ތާރީހުގައި މި މުބާރާތުގައި ވާދަ ކުރާ 6 ވަނަ ފަހަރެވެ. މި ފަހަކަށް އައިސް ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެން އައިސްފައިވާ ސްވިޒަލޭންޑު ޓީމުން މިހާރު އަންނަނީ ރަނގަޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޔޫރޯ މުބާރާތުގައި އެ ޓީމުން ވަނީ…